ނަފާ ނަސީމް-
ނަފާ ނަސީމް-
ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ގޮވިކަމުގައި ވީނަމަވެސް މީޑިއާ ރެގިއުލޭޓަރީ ބިލު ފާސްކޮށް އެއަށް އަމަލު ކުރާނެ ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވެފައިވަނީ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލު ތަސްދީޤުނުކުރުމަށް ޓްރާންސްޕޭރެންސީން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯޓުގައި ނަސީމް ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ގޮވިޔަސް ބިލު ފާސްކޮށް އެއަށް އަމަލުކޮށް، ބަދަލުހިފާނެ ކަމަށެވެ.

"ފަހުންވާނެގޮތެއް ވެސް ވާނެ. ތަގުދީރުކާ ފަސާނާ.." ނަސީމްގެ ޕޯސްޓުގައި ވެއެވެ.

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް އޮތް މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ފާސްކޮށްފައިވަނީ، އެ ބިލު ބޭރުކުރަން ގޮވާލައި ނޫސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން މުޒާހަރާ ކުރަމުން ދަނިކޮށެވެ.

މީޑިއާ ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލިގެންދާކަމަށް ގިނަ ބަޔަކު ދެކެއެވެ.

މަޖިލީހުން މި ބިލު ފާސްކުރުމާއެކު އިދިކޮޅު ފަރާތްތަކުންނާއި ޖަމިއްޔާތަކުން ވަނީ ބިލު ތަސްދީގުނުކުރެއްވުމަށް ރައީސް މުއިއްޒުއަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް