ކަސްޓަމްސްގެ މުވައްޒަފުން
ކަސްޓަމްސްގެ މުވައްޒަފުން
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި ކަސްޓަމްސްގެ މައި އޮފީސް މިއަދު ބަންދުވާނެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައިވަނީ ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަހަށް ކަސްޓަމްސްގެ ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.

ނުއުމާން އަވަހާރަވީ އާލާސްކަންފުޅެއްގައި އިންޑިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި އިންނަވާ ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ޗެއާ އެވެ.

ނުއުމާން ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން