ތ. ކޮޅުމަޑުލު މަޑިފުށީގެ އިހްތިސޯސްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ކަނޑައަޅައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުގެ ދަށުން ނެރުއްވި، ނަންބަރު 24/2025 ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.

މި ދެ ރަށް މަޑިފުށީ އިހުތިސޯސްގައި ހިމެނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

މަޑިފުށީގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިޢުކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު