އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
ތިޖޫރީއާ ހަވާލުވެހުރީ ވަގެއްކަމުގައި ވަނީނަމަ ގައުމިއްޔަތު ނުދިރުވޭނެ ކަމަށާއި އަދި މިނިވަންކަމެއްވެސް ކަށަވަރު ނުކުރެވޭނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު ހަމަވެފައިވަނިކޮށް، އެ މުއްދަތު އަނެއްކާވެސް އިތުރު އަހަރަކަށް ފަސްކޮށްދިނުމާ ގުޅިގެންނެވެ. މިއީ އިންޑިއާއިން ޓީބިލު ފަސްކޮށްދިން ދެވަނަ ފަހަރެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އަމްރު ވިދާޅުވީ މިނިވަންކަން ދެމިއޮންނަނީ ތިބި ސިފައިންގެ އަދަދަކުން ނުވަތަ ހުރި ހަތިޔާރުގެ އަދަދަކުން ނޫން ކަމަށެވެ.

އަދި މިނިވަންކަން ދެމިއޮންނާނީ ތިޖޫރީގައި ހުރި ފައިސާގެ އަދަދުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ތިޖޫރީ ހަވާލުވެ ހުރީ ވަގަކަށް ވާނަމަ ޤައުމިއްޔަތެއް ނުދިރުވޭނެ. މިނިވަންކަމެއް ވެސް ކަށަވަރެއް ވެސް ނުކުރެވޭނެ" އަމްރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު