އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އާފަލު އިންޕޯޓުކޮށްގެން ބާޒާރުގެ އަގުތައް ދަށްކުރުމަށް މަޖުބޫރުކުރުމަކީ ދިގު މުއްދަތުގެ ހައްލެއް ނޫންކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ ސަރުކާރުން ބައެއް ވިޔަފާރިތަކަށް ވަންނަން ޖެހެނީ، ވިޔަފާރިވެރިން ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްތުގައި ރައްޔިތުންނަށް ދެރަދޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
"ސިޔާސީ ބޭނުމެއްގަ، އޯގަނައިޒްޑް ގޮތެއްގަ، ގަސްތުގަ ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންތައްތައް އެބަ ކުރެއޭ." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އަމީރު ވަނީ ރާއްޖޭގެ ބާޒާރުގައި އާފަލުގެ އަގު އުފުލެން މެދުވެރިވެދާނެ ސަބަބުތައް ފްލޯ ޗާޓެއްގެ ޒަރިއްޔާއިން ހިއްސާކޮށްފައެވެ.
އެ ފްލޯޗާޓު ހިއްސާކުރުމަށްފަހު އަމީރު ވިދާޅުވީ އެއީ ވިޔަފާރިތަކުން ސިޔާސީ ބޭނުމަކަށްޓަކައި ގަސްދުގައި އަގު ބޮޑުކުރުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ.
އަދި ރައީސް މުއިއްޒުއަކީ ޕީއެޗްޑީ ހާސިލްކުރައްވާފައި ހުންނެވި ބޭފުޅެއްކަމުން އެ ޗާޓު ބައްލަވާލެއްވުމުން އެކަން ސާފުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
އަމީރު އިތުރަށް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ރައީސްއަށް އާފަލު އެތެރެކޮށް، ބާޒާރުގައި އާފަލުގެ އަގު ދަށްކުރުމަށް މަޖުބޫރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަމުން ގެއްލުންވާނީ ހަމައެކަނި އަމިއްލަ ވިޔަފާރިތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެއީ ދިގު މުއްދަތުގެ ހައްލެއް ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Mr. President @MMuizzu, you have a PhD, right? Please find below a simple flow chart showing how apple 🍎 prices in the Maldives may be impacted. It has nothing to do with businesses deliberately raising prices for political reasons. I hope this clarifies. You can force STO to… pic.twitter.com/t6WBNKkULG
— Ibrahim Ameer 🇵🇸 (@iameeru) September 20, 2025
އަދި ރައީސް މުއިއްޒުއަކީ ޕީއެޗްޑީ ހާސިލްކުރައްވާފައި ހުންނެވި ބޭފުޅެއްކަމުން އެ ޗާޓު ބައްލަވާލެއްވުމުން އެކަން ސާފުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
އަމީރު އިތުރަށް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ރައީސްއަށް އާފަލު އެތެރެކޮށް، ބާޒާރުގައި އާފަލުގެ އަގު ދަށްކުރުމަށް މަޖުބޫރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަމުން ގެއްލުންވާނީ ހަމައެކަނި އަމިއްލަ ވިޔަފާރިތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެއީ ދިގު މުއްދަތުގެ ހައްލެއް ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު