އެންމެ ރަނގަޅު މީހަކީ ސާފު ހެޔޮ ހިތަކާއިގެން ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ބައްދަލުކޮށްފި މީހާ ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ކުރައްވާފައިވާ ޓްވީޓެއްގައި އެއްވެސް މީހަކަށް ލަނޑުދީ، ލިބެން ޖެހޭ ޙައްޤުތަކުން މީހަކު މަޙްރޫމްކޮށް ނިކަމެތި ކޮށްލަން މަސައްކަތް ނުކުރުމަށް ގޮވާލައްވާފައި ވެއެވެ. އަދި ﷲ ގެ ޙަޟުރަތަށް އެނބުރި ދާންޖެހޭ ވަގުތު އެއްވެސް އެމީހަކަށް ނޭނގޭ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.
ޑރ. ޝަހީމް މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ޙައްޤުތައް ހިފެހެއްޓުމުގެ ގޮތުން ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުން ޖަލުތަކުން ދޫކޮށްލުމަށް ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ކެނޑިނޭޅި ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.
ކޯވިޑް-19 އާ ގުޅިގެން ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށް އެމަނިކުފާނުގެ ގެއްލިފައިވާ ޙައްޤުތައް ރުޖޫޢަ ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި އަންނަނީ ގޮވާލަމުންނެވެ. ޑރ. ޝަހީމްގެ ޓްވީޓްގައި އިޝާރާތް ކުރައްވާފައިވަނީ ރައީސް ޔާމީންގެ ހިފަހައްޓާފައިވާ ޙައްޤުތައް އިޢާދަ ކުރުމަށް ކަމަށް ބެލެވެއެވެ. ޑރ. ޝަހީމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެވެ.

ކިޔުންތެރިންގެ ހިޔާލު