ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާާާާލިޙާއި ރައީސް ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާާާާލިޙާއި ރައީސް ނަޝީދު
އިންތިޚާބީ މަޤާމަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބަޔަކު ޢައްޔަން ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، " އަޅުގަނޑު ދަންނަ ރައީސުލް ޖުމްހޫރިއްޔާއެއް، އަޅުގަނޑު ދެކޭގޮތުގައި އިންތިޚާބީ މަޤާމުތަކަށް މީހުން ޢައްޔަނު ނުކުރާނެ. އަޅުގަނޑަށް ވަކިން ރައީސުލް ޖުމްހޫރިއްޔާ އާއި މި މަޝްވަރާވެސް ކުރެވިދާނެ. އެހެން ނަމަވެސް އިންތިޚާބީ މަޤާމަކަށް ރައީސުލް ޖުމްހޫރިއްޔާ މީހުން ޢައްޔަންކުރުމަކީ ވަރަށް އުނދަގޫ ވާނެ ކަމެއް." ކަމަށެވެ.

ޚާއްޞަކޮށް ޑިމޮކްރެޓިކް އުސޫލްތައް ޤަބޫލުކުރަށްވާ ބޭފުޅުންނަށް އެއީ ވަރަށް އުނދަގޫ ނިންމުމަކަށް ވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، "އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަކީ ޑިމޮކްރަސީގެ ލާމަސީލް" ކަމަށެވެ.

ހަމަ އެކަނި ޖަލްސާގެ ތަޢާރަފާއި އެޖެންޑާ އިއްވުމަށްފަހު އިތުރު މަސައްކަތެއް އެޖެންޑާގައި ނެތް ކަމުގައި ވިދާޅުވެ ނިންމަވާލެއްވި މި ޖަލްސާ ފެއްޓެވުމުގައި ރައީސް ނަޝީދު އަލިއަޅުއްވާ ލެއްވީ ރައްޔިތުންގެ މަޖިލީހުގެ ވޭތިވެދިޔަ ދެދުވަހުގެ ޖަލްސާގައި މެންބަރުން ބަހުސް ކުރެއްވި ކައުންސިލަރުންގެ މިހާރުގެ ދައުރުގެ މުއްދަތު ދިގުކުރުމާއި ބެހޭގޮތުން ފާޅުކުރެއްވި ޚިޔާލު ތަކުގެ މައްޗަށެވެ. މިކަމުގައި އެމަނިކުފާނުގެ ޚިޔާލު ފާޅުކުރައްވަމުން ވިދާޅުވީ އެކަމިގައި އެމަނިކުފާނި ބޭނުންފުޅުވާ ވަކިގޮތެއް ނެތްކަމުގައެވެ. ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނު އަސާސީ މިއަދުވެސް އިސްލާހުކޮށްލެވިދާނެ ކަމަށާއި، އެހެން ނަމަވެސް ލިބިފައިވާ އަޣުލަބިއްޔަތުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާ އެކުގައި ކަމަށެވެ.

މިހާރު ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ވެސް ވަނީ އަދި ވަކިތާރީޚެއް ނެތްގޮތަށް ފަސްކޮށްފައެވެ. މިކަމުގެ ސަބަބުން މިހާރު އޮތް ކައުންސިލް ތަކުގެ ދައުރު ހަމަވާއިރު ޤާނޫނީ ހުސްކަމެއް އަތުވެދާނެތީ މަޖިލީހުން މިހާރުވަނީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން