ސާބިތު ނުހިފޭ ވާހަކަތައް ސަރުކާރުން ދައްކާނަމަ އެފަދަ ވާހަކަތައް އާންމުންވެސް ދައްކާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭ މަރިޔަމް ޝިއުނާ އެމްޑީޕީއަށް ވައްކަމުގެ ތުހުމަތުތަކެއްކޮށް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގެ ސަބަބުންނެވެ. އެގޮތުން ޝިއުނާގެ ޕޯސްޓުގައި ވަނީ އެމްޑީޕީ ސަރުކާރުގައި ފެނަކައިން ވައްކަން ކުރިކަމަށް ބުނެ އެފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާފައެވެ.
"މިއީ އެންމެ ކުންފުންޏަކުން އެމްޑީޕީ ސަރުކާރުން ލޫޓުވާލި ވަރު، މި ވަގުންގެ ޖަގަޑާ ހައްޔަރުކޮށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލަން" ޝިއުނާގެ ޕޯސްޓުގައި ވެއެވެ.
މިކަމާ ގުޅިގެން ޝިއުނާއަށް ރައްދުދެއްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޫސަ ވަނީ ސަރުކާރުގަ ތިބެގެން އެހެންމީހުންނާ ބެހޭއިރު، އެމްޑީޕީން ވައްކަން ކުރީ ކޮންއިރަކު ކޮންތާކުންތޯއޭ ވިދާޅުވެ ސުވާލުކުރައްވާފައެވެ.
އަދި ޝިއުނާމެން އެތައް ހާސް ބައެއްގެ އަބުރު ކަތިލައި، މީހުންގެ އާއިލާތަކުގެ ހުރުމަތް ކަނޑަމުންދާ ދިޔުން ރަނގަޅުތޯ ވިދާޅުވެވެސް މޫސަ ސުވާލުކުރެއްވިއެވެ.
"އަދަބު ސަދަބު ޢިޙްތިރާމް، ސާބިތު ނުހިފޭވާހަކަ ސަރުކާރުން ދައްކާނަމަ އާންމުންވެސް ދައްކާނެ" މޫސަގެ ޕޯސްޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު