ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ނަމޫނާއެއް ބިނާކުރުމަކީ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގައި، އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ދުނިޔެ ހައިރާންކުރުވަމުންދާ ދިވެހިންގެ މެހެމާންދާރީގެ ރޫހުކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމަޢަކަށް މި ސިނާއަތުގެ ތެރެއިން ފުރުޞަތުތައް ފަހިކޮށްދީ، ދެމެހެއްޓެނިވި ތަރައްގީ އަށް މަގުކޮށައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ ރަށްފުށުގެ އިޤްތިޞާދުތައް ކުރިއަރުވައި، އަޅުގަނޑުމެންގެ ރަށްތަކުގެ މުއްސަނދިކަން ދައްކުވައިދޭ، ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް އަމާޒުކުރެވިފައިވާ ފަތުރުވެރިކަމުގެ ނަމޫނާއެއް ބިނާކުރުން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ދެމެހެއްޓެނިވި ތަރައްގީ އެކުލެވިގެންވާ މުސްތަގުބަލަކަށް މުހިންމު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު