އިދިކޮޅު އެމްޑީޕީން މިރޭ ބާއްވާ ގައުމީ ބޮޑު އެއްވުން، "ލޫޓުވާލައިފި" މުޒާހަރާއަށް ރަށްރަށުން މީހުން މާލެ އަންނަން ފަށައިފިއެވެ.
މި ބޮޑު އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗްގައި މިރޭ 20:30 ގައެވެ.
އެމްޑީޕީން ބުނާގޮތުގައި މި ސަރުކާރު އައިފަހުން ދައުލަތުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަނުގެ އަޑުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި ސަރުކާރުގެ ދޮގާއި މަކަރު ހެދުން ޢާންމުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ ބޮޑުވަމުންނެވެ.
އެތައް ދުވަހެއްގެ ގިނަގުނަ މަސައްކަތުން އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން ބަސް ބުނުމުގެ މިނިވަންކަމާއި އެނޫންވެސް އެތައް ޙައްޤަކަށް މިހާރުގެ ސަރުކާރުން އަރައިގަނެ ނިގުޅައިގަންނަމުން އަންނަ ކަމަށް އެޕާޓީން ދެކެއެވެ.
މީގެ އިތުރުން ގިނަ ވިޔަފާރިތައް ބަނގުރޫޓްވެ، އިޤްތިޞާދީ ހާލަތުވެސް ގޯސްވަމުން އަންނަ ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.
ހަމައާއެކު ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުން ދޫކޮށްފައިވާ 4000 ފުލެޓް ނުދޭން އެކި ބަހަނާތައް ދެއްކުމަށްފަހު ދޫނުކޮށް ހިފެހެއްޓުމަކީވެސް އެ ޕާޓީގެ ކަންބޮޑުވުމެކެވެ.
މިރޭ ބާއްވާ ބޮޑު އެއްވުމަކީ މިކަންކަމާ ގުޅިގެން ބާއްވާ މުޒާހަރާއެކެވެ. މި އެއްވުގައި ބައިވެރިވާނެކަން އަދާލަތު ޕާޓީންވެސް ވަނީ ރޭ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު