އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ބޮޑު މުޒާހަރާ ރޫޅާލުމަށް ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރި ކުރުން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
ރޭ ބޭއްވި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކުރަމުން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ ފުލުހުން އަމަލުކުރި ގޮތުން ފެނިގެންދަނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ޑިމޮކްރަސީ ނެތިދަމުންދާ މިންވަރު ކަމަށެވެ.
އެމްޑީޕީން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ސަރުކާރުން މި އަމަލުތައް ހިންގާފައި މި ވަނީ ރާއްޖޭގެ އިގުތިސޯދު ނާޒުކު ހާލަތެއްގައި އޮވެ، ދައުލަތުގެ ދަރަނި އިންތިހާއަށް ގޮސްފައި އޮތް ހާލަތެއްގައި ކަމަށެވެ.
މުޒާހަރާގައި ރޭ ފުލުހުން ބޭނުންކުރި އެލްއާރުއޭޑީ އަކީ މީގެ ކުރިން ރާއްޖޭގައި މިފަދަ އެއްވުންތައް ރޫޅާލަން ބޭނުން ކޮށްފައި ނުވާ ހަތިޔާރެއްކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ ހަތިޔާރުގެ ސަބަބުން ދާއިމަށް އަޑު ނީވުން، ބޯ އެނބުރުން، ފަދަ ނުރައްކާތެރި ސިއްހީ ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިކަމާ އިންތިހާއަށް ކަންބޮޑުވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ރޭގެ މުޒާހަރާގައި ހައްޔަރު ކުރި 8 މީހުންގެ ތެރެއިން 6 މީހެއްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ދެ މަޖިލިސް މެންބަރަކާއި މާފުށި ކައުންސިލްގެ ރައީސް ހިމެނެއެވެ.
ސުލްހަވެރި މުޒާހަރާއެއް ކުރަމުންދަނިކޮށް ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށާއި، ފުލުހުން ހައްދުފަހަނައަޅާފައިވާ ބާރުގެ ބޭނުން ކުރުމުން އެކަމަށް ޖަވާބުދާރީވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އަދި މި ސަރުކާރަށް ޕްރެޝަރުކޮށް، މި އަނިޔާވެރިކަން ނިމުމަކަށް ގެނެސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތަކާއި މިނިވަންކަން ދެމެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު