މަރްޔަމް ނަހްދާ ވަޙީދު   5 އޮކްޓޯބަރު 2025 - 16:31
ސްރީލަންކާގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އެރުވުން، ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އެރުވުން، ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ މުޙައްމަދު ރިޒްވީ ޙަސަން، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު މެންދުރު އެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތަށްފަހު ވިޔަފާރި އާއި އިޤްތިޞާދާއި، މޫސުމީ ބަދަލުތައް ފަދަ، ދެ ޤައުމުން މަޞްލަޙަތު ހިއްސާކުރާ ކަންކަމާމެދު ރައީސް އާއި ސަފީރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމުގައި ކުރެވިދާނޭ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު