އޭނާ ދަންނަ ރައީސް ނަޝީދެއް، މަޖްލީސް މެދުވެރިކޮށް ކައުންސިލް ހިންގަން ނޫޅުއްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުން ކައުންސިލްތައް ހިންގަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ ފާޑުވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިމޭރުމުން ޚިޔާލުފާޅުކުރައްވާފައި މިވަނީ، ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅާފައިވާ ވަގުތެއްގައެވެ. މޫސަ ވިދާޅުވީ "އަޅުގަނޑު ދަންނަ ރައީސް ނަޝީދު މަޖިލީސް މެދުވެރިކޮށް ރައްޔިތުން ލާންޖެހޭ ވޯޓު ލުމުގެ ޙައްޤު ރައްޔިތުން އަތުން ނިގުޅައިގަނެ، މަޖިލީހުން ކައުންސިލް ހިންގަން ނޫޅޭނެ" ކަމަށެވެ.
ކައުންސިލް އިންތިޚާބާ ގުޅޭ ތިން މައްސަލައެއް މިވަގުތު މަޖިލީހުގައި އޮތްއިރު އޭގެ ތެރޭގައި ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް އެމްޑީޕީގެ މެމްބަރަކު ޤާނޫނު އަސާސީ އަށް ހުށައެޅުއްވި މައްސަލައެއްވެސް ހިމެނެއެވެ. އެހެން ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ "މިއަދުގެ ވޯޓަށް އަހާނެ މައްސަލައެއް ވެސް ނެތް. އިތުރަށް އަޅުގަނޑު ހިންގަން އޮތް މައްސަލައެއް ވެސް އެޖެންޑާއަކު ނެތް،" ކަމަށް ވިދާޅުވުމަށް ފަހު ޖަލްސާ ނިންމަވާލައްވާފައެވެ.
މަޖިލީހުގެ މަސައްކަތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ރީކޯ މޫސަ އިތުރަށް ވިދާޅުވީ އެމަނިކުފާނު ދެނެވަޑައިގަންނަވާ ރައީސް ނަޝީދު، ރައީސުލް ޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީން ލިބިދޭ ދަޢުލަތް ހިންގުމުގެ ބާރުތަކަށް "އަރައި ނުގަންނާނެ" ކަމަށެވެ.
މޫސަ އަކީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ގިނަ ދުވަސްތަކެއްވަންދެން ފުރުއްވި ބޭފުޅެކެވެ. ރައީސް ނަޝީދު ރައީސްކަމުން އިސްތިޢުފާ ދެއްވައި އެމްޑީޕީއަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސްތަކުގައި މޫސަ އަކީ އެމްޑީޕީގެ އިންޖީނު ކަމުގައި ގިނަ ބަޔަކު ސިފަކުރިއެވެ. ނަމަވެސް ފަހުން އެމްޑީޕީގެ އިސް ބޭފުޅުންނާ ޚިޔާލުތަފާތުވެ މޫސަ ވަނީ ޕީޕީއެމް އާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު