އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޑރ.މުއިއްޒު މިއަދު އެނބުރި މާލެ ވަޑައިގެންފައިވާ ކަމަށެވެ.
އދ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވާ އެ ރަށައްރަށުގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމާއި އަދި ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އަދި ރައީސްގެ މި ދަތުރުފުޅުގައި ވަނީ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްވެސް ފައްޓަވައިދެއްވާފައެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު