ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ދެނީ އެކަމުން ވިޔަފާރިކުރުމަށް ނޫންކަމަށް ވިލިމާލޭ ދާއިރާގެ ޕީއެންސީ މެމްބަރު މުޙައްްމަދު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން މިހާރު ހަވާލުކޮށްފައިވާ ބައެއް ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އިޝްތިހާރު ޖަހާފައިވާ މައްސަަލަތަކެއް ވަނީ ފެންމަތިވެފައެެވެ. ސަރުކާރުން މިހާރު ވަނީ ފްލެޓުތަކުގެ އެއްބަސްވުމާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރާނަމަ އެތަންތަން އަތުލާނެ ކަމުގެ އިންޒާރު ދީފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި ވިލިމާލޭ ދާއިރާގެ ޕީއެންސީ މެމްބަރު މުޙައްްމަދު އިސްމާޢިލް ވިދާޅުވީ ސަރުކާރުން ފްލެޓްތައް ދެނީ ދިރިއުޅުމުގެ ހާލަތު ދަށް ކަމަށް ފެނި، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. ނަމަވެސް، އަބަދުވެސް ފެންނަ މަންޒަރަކީ މި ފްލެޓްތައް ލިބޭތަނުން ބޮޑު އަގެއްގައި ކުއްޔަށްދޭ މަންޒަރު ކަމަށާއި މިކަމަކީ ހުއްޓުވެންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޕީ މުޙައްމަދު އިސްމާޢިލް އިތުރަށް ވިދާޅުވީ، ފުލެޓްތައް ކުއްޔަށް ދޭ މައްސަލަ ހައްލުކުރަން ވޭތުވެދިޔަ ހުރިހާ ސަރުކާރަކަށްވެސް ނުކުޅެދިފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން މިކަންކުރަން ނިންމި ނިންމުމަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ލާބައަށް ވިސްނަވާކަމުގެ އަލިގަދަ ހެއްކެއް ކަމަށް އެމްޕީ އިސްމާޢިލް ވިދާޅުވިއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤަކަށް ވާއިރު، ރައްޔިތުންނަށް ބޯހިޔާވަހިކަން ދެނީ ވިޔަފާރިކުރުމަށް ނޫން ކަމަށްވެސް އެމްޕީ މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު