ފުވައްމުލަކުގެ ރިންގް ރޯޑް (ފޮޓޯ- އެމްޓީސީސީ)
ފުވައްމުލަކުގެ ރިންގް ރޯޑް (ފޮޓޯ- އެމްޓީސީސީ)
ފުވައްމުލަކުގައި ހަދަމުންދާ ރިންގުރޯޑުގެ މަސައްކަތް ނިމުމާއި ގާތްވެފައިވާ ކަމުގައި އެ މަސައްކަތާއި ހަވާލުވެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

އެމްޓީސީސީއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުވައްމުލަކު ރިންގުރޯޑު މަސައްކަތުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުޅީން ނިންމާލެވޭނެކަމަށް ބެލެވޭކަމަށެވެ. އަދި މި މަސައްކަތް ނިމޭއިރު ޖުމްލަ 20,650 އަކަފޫޓުގެ ތާރުއެޅި މަގެއް އޮންނާނެކަމަށާއި، މަގުގެ ކޮންމެ ފަރާތެއްގައި 10,325 އަކަ ފޫޓުގެ ފުޅާމިން ހުންނާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މާޗު 27 ވަނަ ދުވަހުއެވެ. މި މަޝްރޫއުޢަށް 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން