ސިޔާސީ ކުލަ ޖައްސައިގެން މިސްކިތްތައް ހުޅުވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މިސްކިތްތަކަކީ އަޅުކަން ކުރަން ގާއިމުކުރާ ބިނާއެއް ކަމަށާއި، އެއީ ރޫހާނީ މަރުކަޒުތަކެއް ކަމަށެވެ.
""މާ ސިޔާސީ ކުލަ ޖައްސައިގެން އެކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް." ޑރ. ޝަހީމް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގައި 22 މާރޗް 2022 ގައި އައްޑޫ މަރަދޫގައި ބިނާކުރަން ފެށި މިސްކިތް ހުޅުވުމުގައިވެސް ޢަމަލު ކުރާނީ ވަރަށް މާތްކޮށް ކަމަށާއި، އެމިސްކިތުގައިވެސް މިހާރު ކުރިއަށްދަނީ ނުނިމިހުރި ކުދިކުދި މަސައްކަތްތައް ކޮށްލުން ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.
އަދި ރައީސް ޑރ. މުޢިއްޒު އައްޑޫ ރައްޔިތުންނާއި ބައްދަލު ކޮށްލެއްވުމަށް މިމަހު ފަހުކޮޅު ކުރަށްވާ ދަތުރުފުޅުގައި މަރަދޫ މިސްކިތް ހުޅުވޭނެތޯ ކުރި ސުވާލަށް ވަޒީރު މިއަދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އެތަން ރަސްމީކޮށް ހުޅުވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު