ރަޝިއާއިން ޔޫކްރެއިންއަށް ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ދިން ހަމަލާއެއްގަައި، ޔޫކްރެއިންގެ 7 މީހަކު މަރުވެއްޖެއެވެ.
ރަޝިޔާއިން ދިން މި ހަމަލާގައި މަރުވި ހަތް މީހުންގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނެއެވެ.
މި ހަމަލާގައި މަރުވި ހަތް މީހުންގެ އިތުރުން ހަތާވީސް މީހަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. އަނިޔާ ލިބުނު އެންމެންނަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ޔޫކްރެއިނުން ވަނީ ބުނެފައެވެ.
ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދީފައި މިވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އޮތް ބައްދަލުވުމެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ކެންސަލް ކުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
މި ހަމަލާއާ ގުޅިގެން ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ވިދާޅުވީ މި ހަމަލާތަކުން ދޭހަވަނީ އަދި ވެސް ރަޝިޔާއާ ދެކޮޅަށް އެދެވޭ ފަދަ ދަތިކުރުމުގއ ފިޔަވަޅުތައް ނޭޅޭކަން ކަމަށެވެ. އެހެންނަމަވެސް އެމެރިކާއިން ދާދި ފަހުން ވަނީ ރަޝިޔާގެ އެންމެ ބޮޑު ދެ ތެޔޮ ކުންފުންޏާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު