ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ
ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ
ކޯވިޑް-19 އާއި ގުޅިގެން ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިވަނީ މިއަދު އެފަރާތުން ކޮށްފައިވާ ޓްވީޓެއްގައެވެ. އެގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ރަނގަޅު މައުލޫމާތު ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ. އަދި ދޮގު ޚަބަރު ފަތުރާ ތަނެއް ނުވަތަ ސައިޓެއް ފެނިއްޖެ ނަމަ އެޗްޕީއޭ އަށް ރިޕޯޓު ކުރަމަށް ވެސް ވަނީ އެދިފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ފަތުރާފައިވާ ދޮގު ޚަބަރެއް ފެނިއްޖެ ނަމަ އެޚަބަރެއް ރިޕޯޓު ކުރުމުގެ ގޮތުން، އެ ޚަބަރެއްގެ ސްކްރީން ޝޮޓް، ނުވަތަ އެ ޚަބަރު ފަތުރާފައިވާ ތަނެއް ނުވަތަ މީހާގެ މައުލޫމާތު ނުވަތަ އެފަދަ ލިންކެއް އޮތްނަމަ އެ ލިންކެއް އެޗްޕީއޭ އިން އެކަމަށް ޚާއްޞަ ކޮށްފައިވާ އީމެއިލަށް މެއިލް ކުރުމަށްވެސް ވަނީ އެދިފައެވެ. ކޯވިޑް-19 އާއި ގުޅޭ ދޮގުމައުލޫމާތު ރިޕޯޓް ކުރުމަށް އެޗްޕީއޭއިން ޚާއްޞަ ކޮށްފައިވާ މެއިލް އަކީ [email protected] އެވެ.

ކޯވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވްވެފައިވާއިރު 13 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. މިބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ ހަތަރު ދިވެހިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން