ރައީސްކަމުގެ ހުވާކުރެއްވި ފަހުން އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިކޯޑު ހައްދަވައިފިއެވެ.
އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސް މި ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މެންދުރު މާލެ އަތޮޅު ތުލުސްދޫއަށް ވަޑައިގަތުމާ އެކުގައެވެ.
ތުލުސްދު އަށް ވަޑައިގަތުމުން، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ސިޓީއަކަށް ރައީސް މުއިއްޒަށް މަގާމުގެ ހައިސިއްޔަތުން ވަޑައިގެންނެވުނީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް އެ މަނިކުފާނު ވަޑައިގެންފައިވާ ކަމަށާއި އެ މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރާތް ކުރައްވާފައިވާ ކަމަށް ރައީސަ އޮފީހުން ހާމަކުރިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން ކޮންމެ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވި ކަމަށާއި ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ތަަރައްގީގެ މަޝްރޫއުތައް ފެއްޓެވި ކަމަށާއި ބައެއް ރަށްރަށުގައި މަޝްރޫއުތައް ނިންމަވައި އިފްތިތާހު ކުރެއްވި ކަމަށް ވެސް ވަނީ ބުނެފައެވެ.
ހުރިހާ ރަށަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ދަތުރުފުޅު ކުރައްވައި ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރާއްޖޭގެ އެންމެ މަތީވެރިއަކު ތާރީހުގައި ވެސް އަލަށް ކުރެއްވި މުހިއްމު ކަމެއްގެ ގޮތުގައި ރައީސް އޮފީހުން ވަނީ ސިފަކޮށްފައެވެެ.

ކިޔުންތެރިންގެ ހިޔާލު