ދިއްދޫގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްވި ފަދަ އެކެޑެމިކް ސްޓައިލް ތަޤްރީރުތަކުން ކުރިއަށް އޮތްތަނުގައި ދުރުހެލިވުމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ ފިރާގް އެމަނިކުފާނަށް ލަފާ ދެއްވައިފިއެވެ.
ފިރާގް މިގޮތަށް ވިދާޅުވެފައި މިވަނީ ތިލައުތުުރު 2025 އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރަމުންނެވެ. މި ޖަލްސާގައި ޔާމީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށާއި، ގައުމަށް ލިބޭ ގެއްލުންތަކަށްވެސް ތަފްސީލީ ގޮތެއްގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ފިރާގް ވިދާޅުވީ ޢިލްމާއި ބުއްދިއަކީ ވަރަށް ބޮޑަށް ތަޢުރީފު ކުރެވޭ އެއްޗެއް ކަމަށާއި، އެގޮތަށް ތަގްރީރުކުރުމުން ސާދާ އަދި ގުޅުންހުރި ރާގެއްގައި އާންމުންނާ ރަނގަޅަށް ގުޅިދާނެ ކަމަށެވެ.
"ރައީސް ޔާމީންއަށް އިންތިހާއަށް އިޙްތިރާމާއެކު އަޅުގަނޑު ލަފާދޭން ބޭނުންވަނީ، ދިއްދޫގައި ތިދެއްވި އެކަޑަމިކް ސްޓައިލްގެ ތަޤްރީރުތަކުން ދުރުހެލިވުމަށް." ފިރާގް ވިދާޅުވިއެވެ.
ފިރާގް ވިދާޅުވީ އެމަނިކުފާނުގެ ސިޔާަސީ އިދިކޮޅުގައި ތިބި ގިނަ މީހުންނަކީ ތައުލީމީ ގޮތުން އެއްވެސް މިންވަރެއް ނެތް "ބޮޓުން" ތަކެއް ފަދަ ބަޔެއް ކަމަށާއި، އެހެންވެ އެ ވާހަަކަތަކަށް ރައްދު ދިނުމަށް ވަގުތުތަކެއް ހޭދަވާނެ ކަމަށެވެ.
"މަނިކުފާނުގެ ސިޔާސީ އިދިކޮޅު ގިނަ ބަޔަކު، ތައުލީމީ ގޮތުން އެއްވެސް މިންވަރެއް ނެތް ބޮޓުން ތަކެއް ފަދަ ބަޔަކު، ކުރިއަށް އޮތް ހަފްތާތަކުގައި މަނިކުފާނު ތިދެއްކެވި ބަސްތަކަށް ސޯޝަލް މީޑިއާގައި ރައްދު ދިނުމުގައި ވަގުތު ތަކެއް ހޭދަޖުރަން ޖެހޭނެ ތީ، އެވެސް އަޅުގަނޑުމެން މުސާރަ ދީގެން،" ފިރާގް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު