ކުރީގެ މަޖިލިސް މެމްބަރު ސައުދު ހުސެއިން
ކުރީގެ މަޖިލިސް މެމްބަރު ސައުދު ހުސެއިން
ހުރިހާ ބާވަތެއްގެ ވައްކަމެއްގައި ފުލުހުން ޝާމިލުވާއިރު ގައުމު ރަނގަޅު ކުރެވޭނީ ކިހިނެއްތޯއޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސެއިން ސުވާލުކުރައްވައިފިއެވެ.

ސައުދު މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއްގައި ހަތަރު މީހަކު ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.

ފުލުހުން މިއަދު ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެކަމުގައި ބައިވެރިވާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ސަސްޕެންޑްކުރީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ތިން ފުލުހަކާއި ސިވިލް ސްޓާފެކެވެ. މި މައްސަލައިގައި އިތުރު ފުލުހުންތަކެއްގެ މައްސަލަ ވެސް ބެލިއިރު، އޭގެ ތެރެއިން ބައެއް މީހުންގެ މަގާމު ދަށްކުރަން ވެސް ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ސައުދު ވިދާޅުވީ ހުރިހާ ބާވަތެއްގެ ވައްކަމާއި ކޮރަޕްޝަނެއް ފުލުހުންގެ ތެރޭގައި ހިންގަމުންދާ ކަމަށެވެ. އެހެންކަމުން މި ގައުމު ރަނގަޅު ކުރެވޭނީ ކިހިނެއްތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު