ކޯވިޑް-19 އާއި ގުޅިގެން މީހުން ކަރަންޓީން ކުރާ ކަރަންޓީން ފެސިލިޓީއެއްްގެ ގޮތުގައި ބޭނުން ކުރާ މާލެ އަތޮޅު ވިލިވަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ވިލިވަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއްގެ ރިޕޯޓް ލިބިގެން ފަޔަރ އެންޑް ރެސްކިއު ޓީމް މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ.



އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައިވަނީ މިރޭ 7:41 ގައި ކަމަށެވެ.

ދެންމެ ދަރުބާރުގޭގައި މައުލޫމާތު ދެއްވަމުން ކޯވިޑް-19 އާއި ބެހޭ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ޕްލާސްޓިކްގެ ބާވަތްތަކާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް ހުރި ކޮންޓެއިނާއެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް އެމްއެންޑީއެފްއާއި ހަވާލާދީ މަބްރޫކް ވިދާޅުވެފައި ވެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން