ރައްޔިތުންގެ މަޖިލީިސް
ރައްޔިތުންގެ މަޖިލީިސް
ގާނޫނުއަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ އަލްއުސްތާޒު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ހުށައަޅުއްވާފައިފާ ބިލުގެ ދެފޮޓޯއާއެކު ކުރައްވާފައިވާ ޓްވީޓެއްގައި އުޝާމް ވިދާޅުވެފައިވަނީ މިބިލުގެ މަޤްޞަދަކީ ގާނޫނުއަސާސީ އިސްލާހުކުރުމަކާ ނުލާ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތެއް އިތުރުކުރުން ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް އަދި ފަސްކުރެވިފައިވާ އިރު، މިހާރު ކައުންސިލް ތަކުގައި ތިބި ކައުންސިލަރުންގެ ދައުރު 3 ޖޫން ގައި ހަމަވާނެއެވެ. އިންތިޚާބު ބޭއްވުމާ ހަމައަށް ކައުންސިލްތަކުގެ ދައުރު ދިގުދަންމާލުމުގެ ބަހުސްގެ އަޑު ގަދަވެފައިވާއިރު އެކަމުގައި ޢަމަލުކުރާނެ ވަކިގޮތެއް އަދި ނިންމާފައެއް ނުވެއެވެ. އަދި މިކަމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ވިސްނުންވެސް ވަނީ ދެކަފިވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ފެށިފަހުން ބޭއްވި ޖަލްސާ ތަކުގައި އެންމެ މުހިންމު ކަމެއް ދީގެން ކޮށްފައިވަނީ ކައުންސިލް ތަކުގެ އުމުރު ހަމަވާތީ އެކަމަށް ފަރުވާއެއް ހޯދުމުގެ މަސައްކަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ފާޅުކުރެއްވީ މި ކަމާއިމެދު އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތެވެ. މަޖިލީހުގެ ޖަލްސާގައި ކުރާނެ އެއްވެސް ކަމެއް، ނަގާނެ ވޯޓެއް އެޖެންޑާގައި ނެތް ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާ ލެއްވުމުގެ ކުރިން ވިދާޅުވީ ކައުންސިލަރުންގެ ދައުރު ދަންމާލުމާމެދު އެމަނިކުފާނު ބޭނުންފުޅުވާ ވަކި ގޮތެއް ނެތް ކަމަށެވެ. ޤާނޫނު އަސާސީގައި އަތް ނުލައި އޭގައި އޮތް އެއްޗަކަށް ގާނޫނަކުން ބަދަލު ގެންނަން ހުށައެޅުއްވި އަލްއުސްތާޒު ހަސަން ލަތީފަށް ތަޢުރީފު ކުރައްވަމުން ވިދާޅުވީ ހަސަން ލަތީފަކީވެސް ޤާނޫނު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ "އޭގެ ބޭފުޅެއް" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން