އިއްޔެ ރާއްޖޭގައި ހިންގި ބޮޑު ޑްރަގު އޮޕަރޭޝަންގައި އަތުލައިގަނެވުނު އެއްވެސް މީހަކު ސިޔާސީ ވެރިއެއްގެ ނުފޫޒުން ދޫކޮށްލައިފިނަމަ މަޑަކުން ނުހުންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޫސަ ވަނީ ޑްރަގާ ދެކޮޅަށް ސަރުކާރުން ފަށާފައިވާަ މަސައްކަތަށް މަރުހަބާ ކިޔާފައެވެ.
މި މަސައްކަތަށް މަރުހަބާ ކީނަމަވެސް، އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ އެއްވެސް މީހަކު ސިޔާސީ ނުފޫޒުން ވިޔަސް، ގޭންގަކުން ގާޒީއަކަށް ބިރުދައްކައިގެންނޭ ކިޔައިގެން ވިޔަސް މުޖުތަމަޢަށް ދޫކޮށްލައިފިއްޔާ ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް ރީކޯ މޫސަ ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް އެއްވަގުތެއްގައި 100 ތަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފުލުހުން ވަނީ އިއްޔެ ކުރިއަށް ގެންގޮސްފައެވެ.
"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި އިއްޔެ ހެނދުނު 05:30 އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 97 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި މިކަމުގެ ވިޔަފާރިކުރުމަށް ބޭނުންކުރާ އެއްޗެހި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަނަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެވެ.

ކިޔުންތެރިންގެ ހިޔާލު