މާލޭގެ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީން އެއް ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ވެރިންނަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ގޮވާލައްވައިފިއެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ޕާޓީގެ ޓިކެޓް ހޯދުމަށް ކުރިމަތިލެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.
މި ދެ ކެންޑިޑޭޓުންގެވެސް ކެމްޕޭން މިހާރު ފަށައިގެން ކުރިއަށް ދާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތީ މިހާރުގެވެސް މޭޔަރު އާދަމް އާޒިމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތީ އަލީ އާޒިމަށެވެ.
އަލީ އާޒިމްގެ ކެމްޕޭން އިއްޔެ ރޭ ވަނީ ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ.
މިކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މޫސާ ވިދާޅުވީ މޭޔަރު ކަމުގެ ބަހުސް ހޫނުވެ ޕާޓީގެ އެކަކު އަނެކަކަށް އެއްޗެހި ކިޔައި ހަދައިގެން 2028 ގެ ވެރިކަމަށް އަންނަން ޖާގަ އޮތީ ކާކަށްތޯ ބެލުމުގެ ބަދަލުގައި، މާލޭގެ ކަންކަމަށް އިސްކަން ދީގެން ކެންޑިޑޭޓަކު ނެރެން ޖެހޭ ކަމަށެވެ.
އެހެންކަމުން އެމްޑީޕީ އިތުރަށް ހަލާކުވިޔަނުދީ، އެއް ކެންޑިޑޭޓަކު ނެރެން އެމްޑީޕީގެ ވެރިންނަށް މޫސާ ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު