ރައީސް ޑރ. މުހައްމަދު މުއިއްޒު-
ރައީސް ޑރ. މުހައްމަދު މުއިއްޒު-
ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު އިއުލާންކުރައްވާފައި ގޮތުގެ މަތިން، އެންމެ ފުރަތަމަ ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 8:30 ގައި މުހްޔިއްދީން ސްކޫލްގައި ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

"ވީމާ ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ" ހީނާ ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ވަނީ ހުރިހާ ކައުންސިލަކާއި ޑަބްލިޔުޑީސީތަކާ ވެސް ބައްދަލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް