އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި، އެމްޑީޕީގެ ކުރީގެ ރައީސް މުޙައެްމަދު ނަޝީދު މިދެދުވަހަކު ހާމަކުރެއްވީ މުޅި މަންޒަރުގެ އެއްބައި ކަމަށާއި، މަސްލަޙަތަށް ވިސްނަވައި އެމަނިކުފާހު މިހުންނެވީ މަޑުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމްޑީޕީގެ އެހާރާއި މިހާރުގެ ލީޑަރޝިޕްގެ ގިނަ މެންބަރުން ތިއްބެވި ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ ޗައަރޕާސަންގެ މަޤާމުން އިސްތިޢުފާ ދެއްވަމުން ރޭ ފައްޔާޒް ދެއްކެވި ވާހަކަފުޅާއި، ފައްޔާޒްގެ އިސްތިއުފާ އާއި ގުޅިގެން ރައީސް ނަޝީދު މިއަދު ހާމަކުރެއްވި ވާހަކަތަކަކީ މަންޒަރުގެ އެއްބައި ކަމަށް ވިދާޅުވެފައެވެ.
"އޭގެ ހުރިހާ ތަފްސީލުތަކެއް ނުދައްކައި އަޅުގަނޑު މި މަޑުކުރަނީ މަސްލަހަތަށްޓަކައި." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ މިއީ އެންމެން އެކުގައި އެމްޑީޕީ އައިގެން ކުރިއަށް ދާންވީ ވަގުތު ކަމަށެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ކުރިމަގަށްޓަކައި އެތައް ފަހަރަކު ރައީސް ޞާލިޙަށް ދޫދެއްވާފައިވާނެ ކަމަށާއި، ނަމަވެސް މުޅި އެމްޑީޕީ ޚަރާބު ކުރެއްވީ ރައީސް ޞާލިޙް އާއި އެބޭފުޅާގެ އަރިސް ބޭފުޅުން ކަމަށް ރައީސް ނަޝީދު ވަނީ އެގްރޫޕްގައި ވިދާޅުވެފައެވެ. އޭގެއިތުރުން ދެން ރަނގަޅުވާނީ ރައީސް ނަޝީދާއި، ރައީސް ޞާލިޙްވެސް 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ފައްޔާޒް ރޭ ވިދާޅުވީ، ރައީސް ނަޝީދާއެކު ވީ އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ނުދިއުމަށް ރައީސް ޞާލިޙާއި، ޕާޓީގެ ބައެއް އިސް ފަރާތްތަކުން ނިންމެވުމުން އެތައް އަހަރެއްގެ އިސްލާޙީ މަސައްކަތް ބޭކާރުވެ، ރަހުމަތްތެރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލުނު ކަމަށެވެ.
އެމްޑީޕީގެ އެތެރޭގައި ހަލަބޮލިކަން އުފެދިފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒް ވަނީ އިއުލާނު ކުރަށްވާފައެވެ. އަދި ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރަށްވާނެކަން ހާމަކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު