މަބްރޫޫޫކްްް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫޫޫކްްް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި މިވަގުތު ވަނީ 6 ތަނެއް ކަމަށް އެޗްޕީއޭ އިން ހާމަ ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ތަންތަނަކީ ޖޯލި މޯލްޑިވްސް އާއި، ބޮޑުފުށްޓާއި، ވެލައްސަރާއި، ކޮރަލް މާފުށި ގެސްޓްހައުސްއާއި، މޯލްޑިވިއާނާ ސަފާރީއާއި، އައިލެންޑް ސަފާރީ އެވެ.

މިހާތަނަށް މުޅި ރާއްޖެއިން 2350 ސާމްޕަލް ނަގާފައިވާއިރު 2059 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. 272 ސާމްޕަލް ގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ. ރާއްޖޭގައި ޤާއިމްކޮށްފައިވާ ފްލޫ ކްލިނިކްތަކުން މިހާތަނަށް 66369 މީހުން ވަނީ ޚިދުމަތް ހޯދާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު 18 ރިސޯޓަކާއި 43 ސަފާރީއަކުން ވަނީ މީހުން ފޭބުމުގެ ހުއްދަ ދީފައިކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން