މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ "އޮޕަރޭޝަން އަލިމަގު" ގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މިމަހުގެ ފުރަތަމަ ދުވަހު ފެށި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގެ 39 ރަށެއްގައި 500 ފުލުހުންގެ ބައިވެރިވުމާއެކުއެވެ. ފުލުހުން ބުނީ، މި އޮޕްރޭޝަންގައި ޖުމްލަ 105 ތަނަކާއި 1 ކަނޑު އުޅަނދު އަދި 9 އެއްގަމު އުޅަނދު ބަލައި ފާސްކޮށް، 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 38 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާއިރު، މިމީހުންގެ ތެރޭގައި ކުށުގެ ރެކޯޑު އޮންނަ މީހުންވެސް ހިމެނެއެވެ.
މީގެ އިތުރުން، ރެއިޑް ކުރި ތަންތަނުން 188،959.84 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި އޮޕަރޭޝަންގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑު އޮޕަރޭޝަނެއް އެއްވަގުތެއްގައި ހިންގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ މި އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު