ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލި 14 މީހުންގެ މައްސަލަ ދިރާސާކުރުމަށްފަހު، 5 މެންބަރުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އެ ޓްރައިބިއުނަލްގެ 5 މެންބަރެއްގެ މަޤާމުގެ މުއްދަތު މިމަހުގެ 29 އަށް ހަމަވާތީއެވެ.
މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ދެފަހަރު ހުޅުވާލާފައިވާއިރު، އެންމެ ފަހުން ހުޅުވާލި ފުރުޞަތުގައި 14 މީހަކު ކުރިމަތިލާފައިވުމާއި ގުޅިގެން، އެ ހުރިހާ އެންމެންގެ ނަންތައް ދިރާސާކޮށް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގެ ތެރޭގައި 13 މީހަކާ އިންޓަވިއުކޮށް މާކްސް ވަނީ ދީފައެވެ. އޭގެ ތެރެއިން 9 މީހަކަށް %75 އަށްވުރެ މަތިން ކޮމިޓީން ވަނީ މާކްސް ދީފައެވެ.
ޓެކްސް އެޕީލް މެމްބަރުކަމަށް މަޖިލީހުން ރުހުން ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ހަސަން ނާސިޙް އަހުމަދު، މާވަހި/ ސ.ހިތަދޫ އާއި، އަލްއުސްތާޛާ އުސާމާ މޫސާ، ޗަމަން/ ށ. ކޮމަންޑޫ އާއި، އަލްއުސްތާޛާ އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02 އާއި، އަލްއުސްތާޛާ ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ ގެ އިތުރުން އަހުމަދު ޔާމީން، ބީޗް ކޯނަރ/ ގދ. ގައްދޫ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ޓެކްސްއާ ގުޅުންހުރި މައްސަލަތައް ބަލައި، އެ މައްސަލަތަކާމެދު ގޮތް ނިންމުމުގެ ބާރު ލިބިގެންވާ މުހިންމު މުއައްސަސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު