ޖަލު ހުކުމެއްގައި ހުންނަ ވެރިއަކަށް އޮފީސް ހިންގުމުގެ ހަރަދެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު، ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް ފާޑުވިދާޅުވެއްޖެއެެވެ.
ފަލާހް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މިއަދާ ހަމަޔަށް، އެމަނިކުފާނުގެ އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅިކަން ހާމަވުމާ ގުޅިގެންނެވެ.
މިކަމަށް ފާދުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ފަލާހު ވިދާޅުވީ އޮފީސް ހިންގަން އެންމެ ލޯ ލާރިއެއްވެސް ސަރުކާރުން ނުނަގާނެ ކަމަށް ޔާމީން ދާދި ފަހުން ވިދާޅުވި ކަމަށެވެ.
އަދި ޔާމީނަކީ ވައްކަމަށް ދެވިހިފާފައި ހުރި އިންސާނެއް ކަމަށާއި، ހަލާލު އެއްޗެއްވެސް ވަގަށް ނޫނީ ޔާމީން ނުނަގާނެ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.
"މިއޮތީ މިކަމުންވެސް ބޮޑު ވައްކަމެއް ހިންގާލަން އުޅެފަ. އަހަރެން ބައެއް މީހުންނަށް ކަމުނުދަނީ ތެދަށް މިފަދަ ވާހަކަދައްކާތީ" ފަލާހް ވިދާޅުވިއެވެ.
ހަމައެއާއެކު 2018 އިން 2023 އަށް ރައީސް ޔާމީން ހުރީ ދައުލަތުން ވައްކަން ކޮށްގެން ޖަލުގައިކަން ފާހަގަ ކުރަމުން ފަލާހް ވިދާޅުވީ ޤާނޫނުއަސާސީގައި އޮންނަ ގޮތުން ޖަލު ހުކުމެއްގައި ހުންނަ ވެރިއަކަށް އޮފީސް ހިންގަން ހަރަދެއް ނުލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު