ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން މިއަދު ހަލާލެއް ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުރި އިބްރާހިމު ފަލާހުމެން ފަދަ މަޖިލިސް މެމްބަރުން ގޮވައިގެން ސަރުކާރުން ހާވަމުންދާ ހަޑިއަށް ނަޒަރު ހިންގާލަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެގޮތުން އެކްސްގައި ހިއްސަކުރި ޕޯސްޓުގައި ޖަމީލް ވިދާޅުވީ މިއަދު ވެރިކަމުގައި ހުރީ ރައްޔިތުން ވޯޓު ދިން މުއިއްޒެއް ނޫން ކަމަށާއި، އެހެންކަމުން ރައީސް މުއިއްޒުގެ ވެރިކަން ހަލާލެއް ނުވާނެ ކަމަށެވެ.
"ހުސްގޮނޑީގެ ވައުދަށް މުއިއްޒަށް މަހްޝަރު ކުރެވޭ ސުވަހުވެސް އޮޅުވާލެވިދާނެ ކަމަށް ހީކުރުމަކީ ބޮޑު ކުފުރުގެ ވިސްނުމެއް" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެގައި މިވަނީ ވެރިކަމަށް އައުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ ހުސްގޮނޑި ދައްކާ ރައްޔިތުންނަށް ރައީސް މުއިއްޒު ވީ ވައުދުތަކަށް އިޝާރާތް ކުރަމުންނެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ ހަރާމް ވެރިކަމުން ނިކުންނާނީ ބޮޓޭކޯ ފަދަ 'ނަޖިސްތައް' ކަމަށްވެސް ވިދާޅުވެފައެވެ.
ޖަމީލު މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރަށް ދެ އަހަރު ފާއިތުވެފައިވާއިރު، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދިފައި ނުވާަތީ ސަތުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ސަރުކާރުން ހިންގަމުންދާ ނުރަގަޅު ކަންކަމުގެ ވާހަކަ ދެއްކުމުން ދިފާއުވާން ކުރަމުންދާ ކަންކަމުގެ ސަބަބުންވެސް ސަރުކާރަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު