މަރުވީ ޕައިލެޓް-
މަރުވީ ޕައިލެޓް-
ލަންކާގެ ރެސްކިއު ހެލިކޮޕްޓަރެއް ވެއްޓި އޭގައި އިން ޕައިލެޓު މަރުވެއްޖެއެވެ.

ލަންކާއަށް އަރާފައިވާ ބާރުގަދަ ތޫފާނުގައި އެގައުމުގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާގެ ހުރިހާ މުވައްސަސާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރެސްކިއު އޮޕަރޭޝަންތަކުގައި އެގައުމުގެ އެއާފޯސްގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުން އަންނަ އިރު، މިއަދުގެ ވަގުތެއްގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން އުޅެނިކޮށް ހެލިކޮޕްޓަރެއް ވަނީ ވެއްޓިފައެވެ.

ބެލް 212 މަރުކާގެ އެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ ލަންކާގެ ވެނައްޕުވާ ސަރަހައްދަށް ކަަމަށް ރިޕޯޓުތަކުގައި ވެއެވެ.

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އޭގެން ދަތުރުކުރި އެކަކު މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މަރުވެފައިވަނީ ހެލިކޮޕްޓަރު ދުއްވި ޕައިލެޓް ކަމަށް އޮފިޝަލުން ބުނެއެވެ.

ވެއްޓުނު ހެލިކޮޕްޓަރުން ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވި އެންމެންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެ ހާދިސާ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށާއި އިމަޖެންސީ ޓީމުތައް ވެސް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް