ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރައީސް ޑރ. މުހައްމަދު މުޢިއްޒު
އެއިޑްސް ނައްތާލުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ "އޯވަކަމިން ޑިސްރަޕްޝަން، ޓްރާންސްފޯމިން ދަ އެއިޑްސް ރެސްޕޮންސް" މި ޝިއާރުގެ ދަށުން އެއިޑްސް ނައްތާލުމަކީ އެންމެންގެ މައްޗަށް އޮތް ބައިނަލްއަގުވާމީ ޒިންމާއެއް ކަމަށެެވެ.

މައިމީހާގެ ގައިން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފަދަ ބަލިތައް ފެތުރުން ހުއްޓުވުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ "ޓްރިޕަލް އެލިމިނޭޝަން" ހާސިލުކުރި ދުނިޔޭގެ ފުރަތަމަ ގައުމަށް މި އަހަރު ރާއްޖެ ވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ލަނޑުދަނޑިން ރަމްޒުކޮށްދެނީ ޔުނިވާސަލް ހެލްތު ކަވަރޭޖާއި އެންމެންނަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދެވޭކަން ކަމުގައެވެ.

އަދި އެ ކާމިޔާބީ ރާއްޖެއަށް ހޯދުނީ ބައިނަލްއަގުވާމީ މުޖުތަމައުތަކުގެ އެހީއާއެކު އިލްމު ހިއްސާކުރުމުގެ ތެރެއިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ 2030 ވަނަ އަހަރާ ހަމައަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ތެރޭގައި ހުރިހާ އެންމެން ގުޅިގެން އަދުލުވެރި ގޮތެއްގައި ބޭސްފަރުވާ އެންމެންނަށް ލިބޭނެކަން ކަށަވަަރުކުރަންޖެހޭ ކަމަށެވެ.

އަދި ބައެއް ބަލިތަކާގުޅޭ ގޮތުން ދެކޭ ދެކުން ބަދަލުކޮށް ފަރުދުންގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތް ކުރުމަށްވެސް ރައީސްގެ ޕޯސްޓުގައި ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް