އިންވެސްޓްމަންޓު އިތުރުކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ކުރިއަރުވަން ސައުދީ އަރަބިއްޔާއާއެކު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށް ގެންގޮސްފައިވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް، ސާރާ އަލް-ސަޢީދާއި، އަރިހުގައި ވަޑައިގެންނެވި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ރައީސް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން ސަޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު، އަދި ވަލީޢަހުދު ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް- އާލް ސުޢޫދު އާއެކު ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓް ތައް ފުޅާ ކުރެއްވުމާއި، ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި، އިންވެސްޓްމަންޓާ، އިޤްތިޞާދީ ތަރައްޤީއާއި، އަމިއްލަ ވިޔަފާރިތައް ތަރައްޤީކުރުމާއި، ދަނޑުވެރިކަމާ، މަސްވެރިކަމާ، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭ ކަމަށެވެ.
ރާއްޖެޔާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ، ވައްމޭޒު ޖަލްސާގައިވެސް މިވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަން ފާހަގަ ކުރައްވައި، އޭގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިސާދީ ތަރައްޤީއަށް ބޮޑެތި ކުރިއެރުން ތަކެއް އައިސްފައިވާތީ، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ނިންމެވުމަށް ވެދެއްވި އެހީތެރިކަމާއި، އަދި އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމުގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުއްވި ކަމަށްޓަކައިވެސް ރައީސް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
މި ބައްދަލުވުން ނިންމާލައްވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު