ޖޭއެސްސީ ހިނގަމުންދާ އިމާރާތް
ޖޭއެސްސީ ހިނގަމުންދާ އިމާރާތް
ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއްކަމަށާއި, ކޯޓުތަކުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެދެދިއްޖެއެވެ.

މިއަދު ޖޭއެސްސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދު ބޭއްވި އެކޮމިޝަންގެ ޖަލްސާއެއްގައި ސުޕީރިއާ ކޯޓުތަކާއި އިސްތިއުނާފީ މަރުހަލާ ކޯޓުތަކުން ޝަރީއަތްތައް ހިންގާނެގޮތުގެ އުސޫލުތަކެއް އެކުލަވާލުމަށްފަހު އެއުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެދި ދަންނަވަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުން މިމުއްދަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އިސް މެޖިސްޓްރޭޓުންނާ މަޝްވަރާ ކުރުމަށްފަހު އެކުލަވާލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށްވެސް ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ޖޭއެސްސީން ވަނީ ކޯޓުތަކުން އާންމުކުރާ އުސޫލުތަކާއި އެއްގޮތަށް މަސައްކަތްކުރެވޭނޭ މަގު ފަހިކޮށްދީ އިންތިޒާމްތައް ހަމަޖައްސައިދިނުމަށާއި ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި އިދާރީ ކަންކަން ރާވައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށްވެސް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން