ލަންކާގެ މަގެއް-
ލަންކާގެ މަގެއް-
ސްރީލަންކާއަށް އެރި ތޫފާނާ ގުޅިގެން މަރުވި މީހުންގެ އަދަދު 600 އަށް ވުރެ މަތިކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އިން ބުނީ މިހާތަނަށް މި ތޫފާނުގެ ސަބަބުން 607 މީހުންގެ ފުރާނަ ގެއްލިފައިވާކަން ޔަގީންކުރެވިފައިވާކަމަށެވެ. އަދި 214 މީހުން ގެއްލިފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ތޫފާނުގައި ލިބުނު ގެއްލުންތަކުގެ އަސަރު ގައުމުގެ 25 ސަރަހައްދެއްގެ 586,464 ގޭބިސީއަކުން، ޖުމުލަ 2,082,195 މީހުންނަށް ވަނީ ކޮށްފައެވެ.

މި ހާދިސާތަކާ ގުޅިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެންޑީ ޑިސްޓްރިކްޓުންނެވެ. އެއީ ޖުމުލަ 232 މީހުންނެވެ. މީގެ އިތުރުން ނޫރަލިއާއިން 89 މީހުން، ބަޑުއްލާ ޑިސްޓްރިކްޓުން 83 މީހުން، ކުރުނުގަލާ ޑިސްޓްރިކްޓުން 61 މީހުން، އަދި ކޭގާލޭ ޑިސްޓްރިކްޓުން 30 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެެއެވެ. އަދި މީގެ އިތުރުންވެސް އެކި އަވަށްތަކުން ވަނީ ގިނަ ބައެއްގެ ފުރާނަ ގެއްލިފައެވެ.

ތޫފާން ދިތުވާގެ ނަމުން ނަން ދެވިފައިވާ މި ތޫފާނަކީ ލަންކާގެ ތާރީހުގައިވެސް އެގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާނެވެ.



ކިޔުންތެރިންގެ ހިޔާލު