އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮބަހައްޓަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި އެންމެން ދޫކޮށްލަން ގޮވާލައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ. މި އިހުތިޖާޖުގަައި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ) ޒާކިރުވެސް ހައްޔަރުކޮށް، 5 ދުވަހުގެ މުއްދަތަކަށް ބަންދު ކުރިއެވެ. ނަމަވެސް އިއްޔެ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި އޮޕަރޭޝަނެއް ކުރުމަށްފަހު، އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ރައީސް ނަޝީދު ވަނީ އެމްޕީ މައުރޫފް ޒާކިރާއެކު މަސްވެރިންގެ ދުވަހު މަސްވެރިންގެ އަޑުއުފުލާން ސުލްހަވެރިކަމާއެކު ތިއްބާ ހައްޔަރުކުރި މަސްވެރިން ކަމަށްވާ މުހައްމަދު ސޯދިގު، އަބްދުލްލަތީފް އަހުމަދު އަދި މުހައްމަދު މުސްތަފާ ވަގުތުން ދޫކޮށްލަން ސަރުކާރަށް ގޮވާލައްވާފައެވެ.
"އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން މި ކުރާ މަސައްކަތްތައް ހުއްޓާލަންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، މި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ތަފާތު އެކި ސުލްހަވެރި އިހުތިޖާޖުތަކާ ގުޅިގެން އެކި ފަހަރު މަތިން މީހުން ބަންދުކޮށް ދައުވާ ކުރަން ވެސް ފޮނުވާފައިވެއެވެ. ނަމަވެސް ފާޑުކިޔުން އަމާޒުވުމުން، ފަހުން އެ މައްސަލަތައް ކުރިއަށް ނުގެންދާން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު