ޕާކިސްތާނުގައި އޮތް ކައިވެނީގެ ޙަފުލާއެއްގައި ބައިވެރިވުމަށް އެގައުމަށް ދިޔަ އިނގިރޭސިވިލާތުގެ ލޭބަރ ކައުންސިލަރ ޝަބްނަމް ޞާދިޤް، ކޯވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި ނުކުންނަ ދަ ގާޑިއަން ނޫހުން ބުނީ 39 އަހަރުގެ، ފަސް ކުދިންގެ މަންމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޕާކިސްތާނަށް ދިޔަތާ 5 ދުވަސްފަހުން ކަމަށެވެ. ޝަބްނަމް ނިޔާވެފައިވަނީ 24 ދުވަހު ވެންޓިލޭޓަރގައި އޮތުމަށްފަހު ހޯމަދުވަހުގައެވެ.
ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ ސަބަބުން ދަރިން ލިބުމަށް ދަތިވާނެކަމަށް ބުނެފައިވަނިކޮށް 2006 ވަނައަހަރު އޭނާވަނީ އެއްމާބަނޑު 4 ކުދިން ވިހާފައެވެ. އެއިރު އޭނާގެ ދޮށީ ދަރިފުޅު، ޝިރީން ގެ އުމުރުން 6 އަހަރެވެ.
ޝަބްނަމް ނިޔާވި ޚަބަރު ލިބުމުން އޭނާއާއެކު ކައުންސިލްގައި މަސައްކަތްކުރާ ހަޤީޤް ދާރް ބުނީ އެއީ ވަރަށް ހިތާމަވެރި ޚަބަރެއްކަމަށާއި، ޝަބްނަމް ޕާކިސްތާނަށް ދިޔައީ އެންމެ 8 ދުވަހުގެ ދަތުރެއްގައިކަމަށެވެ. ދެން ދުވަހަކުވެސް އޭނާ ނުފެންނާނެކަން ގަބޫލުކުރަން ވަރަށް ދަތި ކަމަށް ހަޤީޤްވަނީ ބުނެފައެވެ.
ޕާކިސްތާނުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4,196 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު