ކުެއްދޫ ރިސޯޓް- މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވި ރިޒޯޓް
ކުެއްދޫ ރިސޯޓް- މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވި ރިޒޯޓް
ޖޯލި މޯލްޑިވްސްއާއި ބޮޑުފުށިން 33 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ މީގެ އިތުރުން އެ ދެރަށުން 21 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ޖޯލި އަދި ބޮޑުފުށިގައި މަސައްކަތް ކުރި މިހަކު ރާއްޖެއިން ފުރައިގެން ދިއުމަށްފަހު ޕޮޒިޓިވް ވެފައިވާތީ އެ ދެރަށް ބަލާ މޮނީޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ.

މި ކޭސްއާއި ގުޅިގެން 33 މީހަކު އައިސޮލޭޓް ކޮށް، 21 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރިސޯޓުގެ ސްޓާފުންނާއި އެމީހާ ގޮވައިގެން އެއާޕޯޓަށް ދަތުރުކުރި ކުރޫ އިންނާއި، އެއާޕޯޓުގެ ބައެއް ސްޓާފުން އަދި ފްލައިޓުގެ ކުރޫއިން ހިމެނޭ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 13 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ. ރަނގަޅު ނުވެ މިހާރު ރާއްޖޭގައި ތިބީ ޔޫކޭ އިން އައި ހަތަރު ދިވެހިންނެވެ. ރާއްޖެއިން ޕޮޒިޓިވްވި ދެމީހަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ގެންދެއެވެ. އެދެމީހުން ޕިޒިޓިވްވި ކަން އެނގުނީ އެމީހުން ރަށަށް ފުރި ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން