ބަރުދަން ބަލަނީ-
ބަރުދަން ބަލަނީ-
ބަރުދަން މާ ބޮޑަށް އިތުރުވުމަކީ އޭގެ ސަބަބުން ވަރަށް ގިނަ ސިއްހީ މައްސަލަތަކަކަށް މަގުފަހިކުރުވާ ކަމެކެވެ. މި ސަބަބާހުރެ ބަރުދަން ލުއި ކުރުމަށް ވަރަށް ގިނަ މީހުން ތަފާތު އެކި ގޮތްތައް ހިޔާރުކުރެއެވެ. މީގެ ތެރެއިން އެންމެ މަގުބޫލު އެއް ގޮތަކީ "އިންޓަމިޓެން ފާސްޓިން" އެވެ. މިއީ ހަމައެކަނި ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން މުޅި ހަށިގަނޑުގެ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ކުރެއެވެ.

އިންޓަމިޓެން ފާސްޓިން އަކީ ކެއުން ކޮންޓްރޯލް ކުރުމުގެ އުސޫލެކެވެ. މި އުސޫލުގެ ދަށުން ކެއުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި، އެނޫން ގަޑިގަކުގައި އެއްވެސް ވަރަކަށް ނުކައި ހުންނަން ޖެހެއެވެ. މިސާލަކަށް، "16/8" އުސޫލުގައި، ދުވާލަކު 16 ގަޑިއިރު ނުކައި ހުރެ، ބާކީ 8 ގަޑިއިރުގެ ތެރޭގައި ކާން ޖެހެއެވެ. އަދި "5:2" އުސޫލުގައި، ހަފުތާއެއްގެ 5 ދުވަހު އާދައިގެ ކެއުން ބަހައްޓައި، 2 ދުވަހު ކެލަރީގެ މިންވަރު ވަރަށް ބޮޑަށް މަދުކުރެއެވެ. މި އުސޫލުގެ މައިގަނޑު މަގުސަދަކީ ކެއުން ކޮންޓްރޯލްކޮށް، ހަށިގަނޑަށް ހަކަތަ ހޯދުމަށްޓަކައި ހަށިގަނޑުގައި ހުންނަ ސަރުބީ ބޭނުންކުރުމަށް ފުރުސަތު ދިނުމެވެ.

ބަރުދަން ލުއިކުރުމުގައި މި އުސޫލަށް ހޭނުމުގެ އެންމެ މުހިންމު އެއް ސަބަބަކީ، ކެލޮރީގެ މިންވަރު ދަށްކޮށް، ސަރުބީ އަންދާލުމަށް އެހީވެދޭތީއެވެ. ކެއުމަށް ދުވާލުގެ މަދު ވަގުތުތަކެއް ކަނޑައެޅުމުން ދުވާލަކު ކެވޭ ކެލޮރީގެ ޖުމްލަ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ. މީގެ އިތުރުން، ނުކައި ހުންނަ ވަގުތުތަކުގައި، ހަށިގަނޑުގައި ހުންނަ ގުލޫކޯޒްގެ ބާވަތްތައް ހުސްވުމުން، ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދަނީ ރައްކާކުރެވިފައިވާ ސަރުބީ ބޭނުންކޮށްގެންނެވެ. މިއީ ހަށިގަނޑުގައި ހުންނަ އިތުރު ސަރުބީތައް އަންދާލުމަށް އެހީވެދޭ ކަމެކެވެ.

މި އުސޫލުން ހަށިގަނޑުގެ ހޯމޯންތަކަށްވެސް ފައިދާ ކުރެއެވެ. އިންސިއުލިން އަކީ ކެއުމަށްފަހު ހަށިގަނޑުގައި ހަކަތަ ރައްކާކުރަން އެހީވެދޭ ހޯމޯނެކެވެ. ނުކައި ހުންނަ ވަގުތުތަކުގައި އިންސިއުލިންގެ މިންވަރު ދަށްވެ، ހަށިގަނޑުގެ ސެންސިޓިވީޓީ ރަނގަޅުވެއެވެ. އިންސިއުލިންގެ މިންވަރު ދަށްވުމުން ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ ސަރުބީ ބޭނުންކުރަން ފަސޭހަވެއެވެ. އަދި ހަމައެއާއެކު، އިންޓަމިޓެންޓް ފާސްޓިންގެ ސަބަބުން ގްރޯތް ހޯމޯން އިތުރުވެއެވެ. މި ހޯމޯނަކީ ސަރުބީ ވިރުވައި، މަސްގަނޑު ދެމެހެއްޓުމަށް އެހީތެރިވެދޭ މުހިންމު ހޯމޯނެކެވެ.

އިންޓަމިޓެންޓް ފާސްޓިންގެ އެންމެ ބޮޑު އެއް ފައިދާއަކީ އޭގެ ފަސޭހަކަމާއި ދެމެހެއްޓެނިވިކަމެވެ. އެހެން ކެއުމުގެ ޕްލޭންތަކާ ހިލާފަށް، މި އުސޫލުގައި ކާނާ

ގެ ބާވަތްތަކަށް ވަރަށް ބޮޑަށް ހަނިކުރުމެއް ނޯވެއެވެ. މައިގަނޑު ގޮތެއްގައި މި އުސޫލުން ބާރު އަޅަނީ ކެއުން ބަހައްޓާ ވަގުތުތަކަށެވެ. މިސާލަކަށް، ބައެއް ކެއުމުގެ ޕްލޭންތަކުގައި ވަކި ކަހަލަ ކާނާ ބާވަތްތަކެއް ކެއުން މަނާކުރެއެވެ. ނަމަވެސް އިންޓަމިޓެންޓް ފާސްޓިންގައި އެއްވެސް ބާވަތެއްގެ ކާނާ ކެއުން މަނަލެއް ނުވެއެވެ. މިކަމުގެ ސަބަބުން، ދިގު މުއްދަތަކަށް މި އުސޫލު ދެމެހެއްޓުމަކީ ފަސޭހަކަމަކަށް ވެގެންދެއެވެ. އަދި ކެއުން ތައްޔާރުކުރާ ވަގުތު މަދުވެ، ދިރިއުޅުމުގެ ކަންކަމަށް އިތުރު ވަގުތު ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު