ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާލަތާއި ގުޅިގެން ދެން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމާ ނިންމުމެއް ހާމަ ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސިއްހީ ކުއްލި ހާލަތާއި މެދު ގޮތެއް ނިންމާނީ ރާއްޖޭގައި ކޯވިޑް-19 ފެތުރޭތޯ ދެނެގަތުމަށް ކުރާ ދިރާސާއިން ނުކުންނަ ނަތީޖާ އާއި، މިހާރު އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ލުއި ދީފި ނަމަ ނުކުންނާނެ ނަތީޖާއަށް ބަލާފައި ކަމަށެވެ. އެކަންކަން ނިންމުމުގެ މަސައްކަތް ޓެގް ޓީމުން ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޓެގް ޓީމުން އާންމުންގެ މެދުގައި ބަލި ފެތުރޭތޯ ދެނެގަތުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް ދެއްކި މީހުންގެ ތެރެއިން ބަޔަކު ކޯވިޑް-19 އަށް ޓެސްޓު ކުރުމާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ގުޅިގެން ޑޮކްޓަރަށް ދައްކާ މީހުންގެ މައުލޫމާތު ރާއްޖޭގެ ހުރިހާ ރަށަކުން ހޯދުން ހިމެނެ އެވެ.
މިހާތަނަށް ޓެސްޓު ކުރި އެއްވެސް މީހަކު ޕޮސިޓިވްވެފައި ނުވާއިރު ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން ނުދާ ކަމަށް ބުނެ އެވެ. އެ މަސައްކަތްތަކުގެ ނަތީޖާއަށް ބަލާއިރު ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ފެތުރޭކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަށެވެ.

ކިޔުންތެރިންގެ ހިޔާލު