ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 އަށް އިޞްލާޙު ގެންނެވުމުގެ ގޮތުން، ޤަރާރު ނަންބަރު 36/2025 މިއަދު ނެރުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ނިންމެވުމުގެ މައިގަނޑު ބޭނުމަކީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާ ހަނިމާދޫއަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ، އިލެކްޝަންސް ކޮމިޝަނުން 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ތާރީޚަކީ، ހިރިމަރަދޫގެ ރަށްވެހިން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާއާ ދިމާވާ ތާރީޚެއް ކަމަށެވެ.
މިކަމުގެ ސަބަބުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 8 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތިން، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި ބަލަންޖެހޭނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ވަނީ ބަޔާންކޮށްފައެވެ. މި އިޞްލާޙުގެ ސަބަބުން މި ޤާނޫނީ ބޭނުމަށް ރައްޔިތުންގެ އިންތިޚާބީ ދާއިރާ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ޤަރާރު ނަންބަރު 36/2025 ގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުމަށެވެ.
އަދި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށްފައިވެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން ޢާންމުކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު