ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ވަކި ސަރަހައްދެއްގައި ދުނިޔޭގެ ދަމާބާރު ނުވަތަ ގްރެވިޓީ އާދަޔާ ހިލާފަށް ދަށްވުމުގެ ސަބަބުން ކަނޑުގެ ލެވެލް 100 މީޓަރަށްވުރެ ބޮޑަށް ތިރިވެފައިވާ "ގްރެވިޓީ ހޯލް" އެއް އޮވެއެވެ. މިއީ ގާތްގަނޑަކަށް 1.2 މިލިއަން އަކަ މޭލުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އަޖައިބެއް ފަދަ ތަނެކެވެ. ދިގު މުއްދަތަކަށް ސައިންސްވެރިންނަށް ސިއްރެއްގެ ގޮތުގައި އޮތް މި ހޯދުމަށް މިހާރު އިންޑިއާގެ ބެންގަލޫރުގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ރިސާޗަރުން ވަނީ އިތުބާރު ހުރި ޖަވާބެއް ހޯދާފައެވެ.
އެމީހުންގެ ދިރާސާއިން ދައްކާގޮތުގައި، މި ސަރަހައްދު އުފެދެން މެދުވެރިވީ ބިމުގެ ފުން ހިސާބުތަކުން މައްޗަށް އަރާ ދިޔާ ހިލައިގެ އޮއިވަރުތަކެއް ނުވަތަ "މެގްމާ ޕްލޫމްސް" ތަކެއްގެ ސަބަބުންނެވެ.
މި ހިތްގައިމު ނަތީޖާއަށް ވާސިލްވުމަށްޓަކައި ސައިންސްވެރިން ވަނީ ސުޕަ ކޮމްޕިއުޓަރުގެ އެހީގައި، 140 މިލިއަން އަހަރު ކުރިން ފެށިގެން ދުނިޔޭގެ ބިންގަނޑަށް އައި ބަދަލުތައް ދައްކުވައިދޭ މޮޑެލްތަކެއް ތައްޔާރުކޮށްފައެވެ.
މި ދިރާސާގައި ބުނާގޮތުން ދުނިޔެއަކީ ފުރިހަމަ ވަށް ބޯޅައެއް ނޫން ކަމަށާއި، ބިމުގެ އަޑީގައި ހުންނަ މާއްދާތަކުގެ ބަރުދަނާއި އޭގެ އަތުރާލެވިފައިވާ ގޮތް ތަފާތުވުމުގެ ސަބަބުން ކޮންމެ ހިސާބެއްގެ ގްރެވިޓީ އެއްވަރެއް ނުވެއެވެ. އިންޑިއާ ކަނޑުގައި މި ދިމާވާ "ލޯ-ގްރެވިޓީ" ސަރަހައްދު އުފެދުނީ މީގެ އެތައް މިލިއަން އަހަރެއް ކުރިން އިންޑިއާ އާއި އޭޝިއާ ދެމެދު އޮތް ކަނޑެއް ނެތިގޮސް، އެ ކަނޑުގެ ބިންގަނޑު އަޑިއަށް ގަނބައިގެން ދިއުމުގެ ތެރޭގައި އުފެދުނު ހޫނު މެގްމާގެ ސަބަބުންނެވެ.
މި ދިރާސާގެ ހޯދުންތައް "ޖިއޯފިޒިކަލް ރިސާޗް ލެޓާސް" މަޖައްލާގައި ޝާއިއުކޮށްފައިވާއިރު، މިއީ 1948 ވަނަ އަހަރުން ފެށިގެން ސައިންސްވެރިންނަށް ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލައަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. މީގެ މާނައަކީ އިންޑިއާ ކަނޑުގެ އެ ސަރަހައްދުގެ އަޑީގައި ހުރި މާއްދާތަކުގެ ބަރުދަން ނުވަތަ ޑެންސިޓީ ކުޑަވުމުގެ ސަބަބުން، ދުނިޔޭގެ ދަމާބާރު އެ ސަރަހައްދަށް ކުރާ އަސަރު ކުޑަވެ، ކަނޑުގެ ފެންގަނޑު އެހެން ތަންތަނަށްވުރެ ތިރިވެފައި ވަނީއެވެ.

ކިޔުންތެރިންގެ ހިޔާލު