ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބޮޑު ބިމެއް ލަގްޒަރީ ހައުސިންގް މަޝްރޫއެއް ހިންގުމަށް އެޗްޑީސީން ހުޅުވާލީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމައްސަލަ ހުށަހަޅައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އޭސީސީއަށް ހުށަހެޅި މި މައްސަލަ މިހާރު އޭސީސީގައި ރަޖިސްޓަރީ ކޮށްފައިވާކަން އެ ކޮމިޝަނުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައެވެ.
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މިހާ ބޮޑު މަޝްރޫއަކަށް ކުރިމަތިލުމަށް އެޗްޑީސީން ދީފައިވަނީ އެންމެ 6 ދުވަހުގެ ކުރު މުއްދަތެއް ކަމަށެވެ.
އެ ފަރާތުން ބުނާ ގޮތުގައި، މިފަދަ ބޮޑު ޕްރޮޖެކްޓަކަށް ބޭނުންވާ ފަންނީ ދިރާސާތަކާއި ފައިނޭންޝަލް މޮޑެލްތައް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް ދުރާލާ ރާވައިގެން ހިންގާ އަމަލެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، މިއީ މިހާތަނަށް ހުޅުމާލެއިން ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގަން ދޫކުރާ އެންމެ ބޮޑު ބިމެވެ. އެގޮތުން 15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއު އަށް ދޫކުރަން ނިންމާފައި ވަނީ 125،387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ.
މިކަމާގުޅިގެން ބައެއް ފަރާތްތަކުން ވަނީ، އެޗްޑީސީން ކުއްލިއަކަށް އިއުލާންކުރި އެތައް މިލިއަން ރުފިޔާގެ މަޝްރޫއަކަށް ބީލަން ހުށަހެޅުމަށް 6 ދުވަހުގެ ކުރު މުއްދަތެއް ދިނުމުން އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭކަމަށް މީސްމީޑިއާގައި ތުހުމަތު ކޮށްފައެވެ. އަދި މިފަދަ ކުރު މުއްދަތެއް ދިނުމަކީ ކުރިން މި މައުލޫމާތު ލިބިފައިވާ ވަކި ބަޔަކަށް މަގުފަހިކޮށްދިނުމަށް ކުރާ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ.
މީގެ ކުރިންވެސް ހުޅުމާލޭގައި ހުރި ހުސްބިންތައް އިއުލާނެއް ނެތި ސަރުކާރާއި ގާތްގުޅުމެއް އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމުގެ ތުހުމަތު އެޗްޑީސީއަށް ވަނީ ކުރެވިފައެވެ. މީގެ އިތުރުން ސަރުކާރުން އަންގައިގެން ޗައިނާގެ ކުންފުނިތަކަށް ހުޅުމާލެއިން ބިންތަކެއް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މީސްމީޑީއާގައި ދަނީ ދައުރުވަމުންނެވެ.
މިފަދަ ބިންތައް ވިޔަފާރީގެ ބޭނުމަށް ދޫކުރަނީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށާއި، ނުފޫޒު ގަދަ ފަރާތްތަކާއެކު ގޮތްނޭނގޭ ޑީލްތައް ހެދުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އެޗްޑީސީގެ މިފަދަ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވިޔަސް އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު