ޝްރައްދާ ކަޕޫރު-
ޝްރައްދާ ކަޕޫރު-
ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރުލީޑު ރޯލު ކުޅޭ ފިލްމު "ނާގިން" ގެ ޝޫޓުތައް މިއަހަރު އެޕްރިލް މަހު ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި އަހަރަކީ ޝްރައްދާއަށް ވަރަށް މަސައްކަތް ބުރަ އަދި ބާރު ބޮޑު އަހަރަަކަށް ވާނެ ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ސަބަބެއްގެ

ގޮތުގައި ބުނެފައިވަނީ މިއަހަރު އޭނާ އެއް ފިލްމަށްފަހު ބްރޭކެއް ނެތި، އަނެއް ފިލްމުގެ މަސައްކަތް ފަށަން ޖެހޭތީއެވެ.

އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ބައޮގްރަފިކަލް ޑްރާމާ އެއް ކަމަށްވާ "އީތާ" ގައެވެ. ލަކްޝްމަން އުޓޭކަރް ޑައިރެކްޓުކުރާ މި ފިލްމުގައި އޭނާ ފެނިގެންދާނީ އިންޑިއާގެ މަޝްހޫރު ޑާންސް ޕާފޯމަރެއްކަމަށްވާ ވިތަބައީ ނާރަޔަންގައޮންކަރުގެ ސިފައިގައެވެ. މީގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ މަސައްކަތް ނިމުމާއެކު މިއަހަރު އެޕްރިލް މަހު އޭނާ "ނާގިން" ގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓުގައި ވެއެވެ. މިއީ ސުޕަނެޗުރަލް ތީމްތަކަށް ބިނާވެފައިވާ ފެންޓަސީ ފިލްމެކެވެ. މި ފިލްމުގައި ޝްރައްދާ ފެންނާނީ "އީތާ" ގައި އޭނާ ކުޅުނު ރޯލާ މުޅިން ތަފާތު ރޯލަކުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު