ރާއްޖޭގެ ވައި މިވަރަށް ނުސާފުވުމަކީ އިޤްތިސާދަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) ވިދާޅުވެއްޖެއެވެ.
ކުޑޫ މިހެން ވިދާޅުވެފައި މިވަނީ އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްޙަތަށް ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފުވެ، ރަތް އެލާރޓް އަށް އަރާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި ފާއިތުވި ޑިސެމްބަރު މަހުގެ ތެރޭގައިވެސް ރާއްޖޭގެ ވައި ވަރަށް ބޮޑަށް ނުސާފުވިއެވެ. މެޓުން ބުނީ ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ ރާއްޖޭގެ ވައި މިވަރަށް ނުސާފުވުމަކީ އިޤްތިޞާދަށާއި އާންމު ސިއްޙަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
އަދި ހާއްސަގޮތެއްގައި ފަތުރުވެރިކަމުގެ ހައި ސީޒަނުގައި ދުމުގައި ވަސް ހުންނަ މިންވަރަށް ވައި ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރުމަށް އަވަށްޓެރި ޤައުމުތަކާއެކު އަވަސް މަޝްވަރާތަކެއް ފެށުން މުހިންމު ކަމަށްވެސް ކުޑޫ ވަނީ ވިދާޅުވެފައެވެ.
ކުޑޫ މިހެން ވިދާޅުވެފައި ވާއިރު، ރާއްޖޭގެ އެއަރ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރި މިންވަރު ވަނީ، 193 އަށް އަރާފައެވެ. އަދި ދ. ކުޑަހުވަދޫގައި ހުންނަ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުން އެސަރަޙައްދުގެ ވައިގެ ކޮލިޓި ހުރީ 162 ގައެވެ.

ކިޔުންތެރިންގެ ހިޔާލު