ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ހާއްސަކޮށް އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާއު ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ހއ. ތަކަންދޫގެ ބައެއް ސަރަހައްދުތަކަށާއި އާންމު ރައްޔިތުންގެ ގޭބީސީތަކަށް ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު ސަރުކާރުގެ އިދާރާތަކާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް މި ގެއްލުމުން އަރައިގަތުމަށްޓަކައި މިހާރުން މިހާރަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަނެ، އެމްއެންޑީއެފްގެ ނޮދަން ކޮމާންޑުން ފޯރުކޮށްދެވެންހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ޓީމެއް ވަރަށް އަވަހަށް ތަކަންދޫއަށް ފޯރާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ތަކަންދޫ ކައުންސިލް ގުޅުވައި، ރައްޔިތުންނަށް ލިބޭ ގެއްލުންތައް ރިޕޯޓުކުރާނެ ގޮތުގެ އިރުޝާދު ކައުންސިލަށް އަރުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ދަތި އުނދަގޫ ދަނޑިވަޅުގައި ތަކަންދޫގެ ރައްޔިތުން އެކުވެރިކަމާއެކު ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރުބަލިކަމެއް ނެތި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އުތުރުގެ ހާލަތާ ގުޅޭގޮތުން އެންޑީއެމްއޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ސަރަހައްދުގެ ގިނަ ރަށްތަކަކަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން:
ހދ. ނޮޅިވަރަންފަރު: ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، 60 އަށްވުރެ ގިނަ ގެއަކުން ވަނީ ރިޕޯޓުކޮށްފައެވެ. ގިނަ ގޭގޭގެ އަޑިން ފެންއަރައި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވީ ނަމަވެސް، މީހުން ހުސްކުރަންޖެހޭ ހާލަތަކަށް އަދި ނުދެއެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކުޅުދުއްފުށި ސިޓީ: ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ވަނީ ރިޕޯޓުކޮށްފައެވެ. މިވަގުތު ވާރޭ ހުއްޓާލާފައިވާއިރު، ކައުންސިލާއި، ފުލުހުން، އެމްއެންޑީއެފް އަދި ރެޑް ކްރެސެންޓް ގުޅިގެން ފެންހިއްކުމާއި ގޭބީސީތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހދ. ނޮޅިވަރަމް: ރޭން ފެށިގެން ވެހުނު ވާރޭގައި ރަށުގެ 95 އިންސައްތަ ގެތަކަށް ފެންވަދެ، ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ބައެއް އާއިލާތައް މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައިވާއިރު، 5 ސަރަހައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައެވެ.
ޅ. ނައިފަރު: ބޯކޮށް ވާރޭވެހި 2 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މީހުން ދުރަށް ޖައްސަންޖެހޭ ހާލަތެއް މެދުވެރިނުވާ ކަމަށާއި، ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
އެންޑީއެމްއޭ އިން ބުނީ، ވިއްސާރައިގެ އަސަރުކޮށްފައިވާ ހުރިހާ ރަށްތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާ ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
އުތުރުގެ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު