ފޮޓޯ: އެންޑީއެމްއޭ
ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަންފަރަށް ވަރަށް ބޯކޮށް ވާރެވެހި ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ، ނޮޅިވަރަންފަރު ރަށުތެރޭގައި ފެންބޮޑުވެ، 60 އަށްވުރެ ގިނަ ގެއަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ގޭބިސީތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވީ ނަމަވެސް މީހުން ހުސްކުރަންޖެހޭ ޙާލަތަށް ނުދާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަންފަރަށް ފަތިހުންފެށިގެން މެދު ނުކެނޑި ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން ގޭގެއަށް ފެން ނުވަންނަ ގޮތަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ކައުންސިލާއި ޙަވާލާދީ އެންޑީއެމްއޭއިން ބުނެފައިވެއެވެ.

"ހާލަތު މި އޮތޯރިޓީން ދަނީ ބަލަމުން. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާއި ގުޅިގެން އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމްވެސް ދަނީ ހަމަޖައްްސަމުން." އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އުތުރުގެ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް